ވިޔަފާރި

މިދިޔަ މަހު އިންފްލޭޝަން މަތިނުވެ ހިފެހެއްޓިފައި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ބާޒާރު ސަރަހައްދުގައި މީހަކު މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ / ފޮޓޯ:ދެން އިމޭޖްސް

މި އަހަރުގެ ނޮވެމްބަރު މަހު މުޅިރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެހެއްޓިފައި ހުރި ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތަކުން ދައްކައިފި އެވެ.

Ads by MPL

މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯ އިން ކޮންމެ މަހަކު ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް ދައްކާ ގޮތުން
މިދިޔަ މަހު މުޅި ރާއްޖޭގެ އިންފްލޭޝަން މަތިވެފައެއް ނުވެ އެވެ. ނަމަވެސް ވެރިރަށް މާލޭގައި އިންފްލޭޝަން 0.32 ޕަސެންޓުގެ އުފުލެއް ފާހަގަވެ އެވެ. ނަަމަވެސް އަތޮޅު ތެރޭގައި އިންފްލޭޝަން ވަނީ 0.49 ޕަސެންޓުގެ ވެއްޓުމެއް އައިސްފައިވެ އެވެ.

އަގު ދަށްވެފައިވާ ދުންފަތުގެ ބާވަތްތަކުން -1.01 ޕަސެންޓު ދަށްވި އެވެ. އަދި އެހެނިހެން ކާބޯތަކެތިން -0.55 ޕަސެންޓު ދަށްވި އެވެ.  އަދި ފެނުގެ ހިދުމަތް -0.47 ޕަސެންޓު ދަށްވެފައިވެ އެވެ.

މިދިޔަ މަހު އަގު މަތިވި ބާވަަތްތައް

މަސް: +0.66%
ވައިގެ މަގުން ކުރާ ދަތުރުފަތުރު: +0.92%
މޮބައިލް ފޯނުގެ ހިދުމަތް: +0.34%
ގޭބިސީ މަރާމާތުކުރުމަށް ބޭނުންކުރާ ސާމާނާއި ސެކިއުރިޓީ އިކުއިޕްމަންޓް: +0.77%
އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ އެކި ބާވަތްތައް: +0.17%
ސައި އަދި އެކި ބާވަތްތަކުގެ ފަތްޕިލާވެލި: +0.56%
ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް އަދި ފޮނިކާތަކެތި: +0.50%
ކަރަންޓު: +0.13%

ނަމަވެސް މިދިޔަ މިއީ ރާއްޖޭގައި މި އަހަރުގެ އޮކްޓޫބަރު މަހު އިންފްލޭޝަން ހުރި 0.17 ޕަސެންޓުގެ ދަށްވުމާ އަޅާބަލާއިރު ކުޑަ އުފުލުމެވެ.

Ads by Allied Insurance