މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު ޢަބްދުލްފައްތާޙު ނިޔާވެއްޖެ
މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު ޢަބްދުލްފައްތާޙު ނިޔާވެއްޖެއެވެ.
"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢުމުރުން 54އަހަރުގެ ފައްތާހު ނިޔާވީ ކުއްލިއަކަށް މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށް ވުރެ އަވަހަށް ގެންދެވެން އޮތީ ދިއްދުއަށް ކަމަށްވުމުން، ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މިހާރު ފައްތާހުގެ ހަށިގަނޑު ދިއްދޫއަށް ގެންގޮސް ޖަނާޒާ ދިއްދޫގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ދެންއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު ވެސް ފައްތާހު އެރަށުގެ އޭނާގެ އެކުވެރިންނާއި އެކު ވަގުތު ހޭދަކޮށްފައިވެއެވެ. އަދި އޭނާގެ ޞިއްޙީ އެއްވެސް މައްސަލައެއް އުޅޭކަމުގެ މައުލޫމާތެއް ލިބިފައިނުވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އިން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ހއ. ކެލާގެ ކައުންސިލް ރައީސް ކަމަށް ކުރިމަތިލައި، އޭނާ ވަނީ އެ ޕްރައިމަރީ ވެސް ކާމިޔާބުކޮށްފައެވެ.

