22nd January 2026, Thursday

ޚަބަރު

މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު--

ރައީސް އޮފީހުން ބުނީ މިއީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ދަށުން އުފެއްދެވި އިދާރާއެއް ކަމަށާއި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި އެ ތަން އެމަނިކުފާނު ހަމަޖައްސަވާފައިވާ ކަމަށެވެ.

Ads by STELCO

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށް ޓަކައި މަސައްކަތް ކުރުމެވެ.

އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21ވަނަ ދުވަހުއެވެ. އަދި މިއަދުން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!