ޚަބަރު

މަސްތުވާތަކެއްޗާ އެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްތުވާތަކެއްޗާ އެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ އިއްޔެ ފުލުހުން ހުޅުމާލެ ފޭސް އެކެއް ޕެޓްރޯލްކުރަމުންދިޔަ އިރު ހުސެއިން ސޮޒާދު (25އ.) ނަމަކަށް ކިޔާ ބަނގުލަދޭޝް މީހަކާ މެދު ޝައްކުވެގެން ހުއްޓުވައި ބަލައިފާސްކުރި ކަމަށެވެ.

އަދި އޭނާ ހުއްޓުވައި ސުވާލުކޮށް، އޭނާ އެ ވަގުތު ގެންގުޅުނު ފޮށި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކެއް ފެނުނު ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 94.34 ގުރާމު ހުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް  އަމުރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Ooredoo
  1. ޢަދުނާނު

    “ދައްތަ” ސިނކުޑި ފަޅައިގެންނުދާނެބާވައެވެ؟