ގެއިން ފެނުނީ ދެބޯލީ ހަރުފައެއް، ގޭގައި އުޅޭ އަންހެން މީހާ އެއަށް ކީ ތަފާތު ނަމެއް!
އިނގިރޭސި ވިލާތުގައި ދިރިއުޅޭ، “ޖީނީ ވިލްސަން” ނަމަކަށް ކިޔާ އަންހެނެއް ދިރިއުޅެމުން އައި ގޭތެރެއިން ދެބޯލީ ހަރުފައެއް ފެނިއްޖެއެވެ.
ޖީނީ ވިލްސަން ބުނެފައިވާ ގޮތުގައި އޭނައާއި އާއިލާ މެމްބަރުން ގޭގެ ބިއްދަށް ފަރާތުގައި ތިބީ “ސަން ބާތެއް” ނެގުނަށެވެ. މަޑު މަޑުން ވިނަގަނޑު ތެރެއިން ކުޑަ ކުޑަ ދެބޯލީ ހަރުފައެއް ފެނުމާއި އެކު ބިރު ގަތުމުގެ ބަދަލުގައި އޭނާ އާޝޯޚު ވީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނިގޮތުގައި އެ ހަރުފައިގެ ދިގުމިނަކީ ގާތްގަނޑަކަށް އިންސާނެއްގެ ފައިތިލަ ވަރެވެ. ފެނުމާއި އެކު އާއިލާގެ އެހެން މީހުންނަށް އެ ހަރުފަ ދައްކައި، އެ ހަރުފަ މަރާލަން ބޭނުން ނުވުމުން ފުޅިއަކަށް ލީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
އެއަށްފަހު އެ ހަރުފައިގެ ވީޑިއޯ އެއް ކުރުމަށް ފަހު ސޯޝަލް މީޑިއާގައި އާންމު ކުރުމާއި އެކު ގިނަ ބައެއްގެ ސަމާލު ކަން ލިބުނު ކަމަށްވެސް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ. އަދި ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ އާއި އެކުގައި އެ ހަރުފައަށް އޭނާ ވަނީ “ޑަބަލް ޓްރަބަލް” ގެ ނަމުން ނަން ވެސް ދީފައެވެ. އަދި އެ ހަރުފައަކީ ވިހަލާ ހަރުފައެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.
މިހާރު އެ ހަރުފަ އެމެރިކާގެ “ކެޓޯބާ ސައިންސް ސެންޓަރ” އަށް ހަވާލު ކޮށްފައިވާ ކަމަށާއި، އެހިސާބުން އެ ހަރުފައިގެ އަސްލު ނަމަކީ “ބޭބީ ބްލެކް ރެޓް ސްނޭކް” ކަން ވެސް އެނގުނު ކަމަށް އޭނާ ބުނެފައި ވެއެވެ.