މިދިޔަ އަހަރު ރިސޯޓްތަކުގެ 67.8 ޕަސެންޓް ފުލްކޮށް ހިންގި
މިދިޔަ އަހަރު ރާއްޖޭގެ ރިސޯޓްތަކުގައި ހިދުމަތް ދޭން ހުރި މިންވަރު ނުވަތަ އޮކިއުޕެންސީގެ 67.8 ޕަސެންޓް ފުލްކޮށް ހިންގާފައިވާ ކަމަށް ދައްކައިފިއެވެ.
ޓޫރިޒަމް މައުލޫމާތުތަކުން އެނގޭ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރި 67.8 ޕަސެންޓުގައެވެ. އަދި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ 40.3 ޕަސެންޓުގައި ހުރި ކަމަށް ދައްކައެވެ. އަދި ރިސޯޓްތަކުގައި ޓޫރިސްޓުން ރިސޯޓްތަކުގައި 9.8 މިލިއަން ރޭ ހޭދަކޮށްފައިވާ ކަމަށް ދައްކައެވެ.
މައުލޫމާތުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަސް ނިމުނުއިރު، 177 ރިސޯޓް ހިންގަމުން ދިޔައެވެ. އަދި 945 ގެސްޓްހައުސް ހުރިއިރު، 16 ހޮޓަލާއި 168 ސަފާރީ ހިންގަމުން ދިޔައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އައިރު ރާއްޖޭގެ ޓޫރިޒަމަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. ޓޫރިޒަމް ސިނާއަތަށް 5.5 ބިލިއަން ޑޮލަރުގެ އާންދަނީއެއް ލިބިފައިވެއެވެ.

