އަދުރޭގެ ސަރޖަރީއެއްކޮށްފި، ޙާލު މިހާރު ރަނގަޅު
90ގެ އަހަރުތަކުގައި މަޝްހޫރު ފިލްމީތަރި، ޢަބްދުއްރަޙްމާން (އަދުރޭ)ގެ ސަރޖަރީއެއް ކޮށް އޭނާގެ ޙާލު މިހާރު ރަނގަޅުކަމަށް ޢާއިލާއިން ހާމަކޮށްފިއެވެ.
"ދެން"އަށް މައުލޫމާތު ދެމުން ޢާއިލާއިން ބުނީ ބައްޕަ ސަރޖަރީއަކަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާގެ ޙާލު ރަނގަޅު ކަމަށެވެ. އަދި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ވެސް ޢާއިލާއިން މައުލޫމާތުދެއެވެ.
އަދުރޭއަށް ހާޓްއެޓޭކެއް ޖެހުނީ އޭނާ ވަޒީފާއަދާކުރަމުންދާ، ރެޑިސަން ބްލޫ ރިސޯޓުގައި އުޅެނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ހުޅުމާލޭ ހޮސްޕިޓަލަށް ފުރަތަމަ ގެންދިޔަ ނަމަވެސް އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށް، އޭނާއަށް ފަރުވާދީފައި ވަނީ އެ ހޮސްޕިޓަލުންނެވެ.
58އަަހަރުގެ އަދުރޭއަކީ 90ގެ އަހަރުތަކުގައި ވަރަށް ގިނަ ފިލްމުތަކާއި ލަވަތައް ކުޅެފައިވާ ފަންނާނެކެވެ.

