ޚަބަރު

ތޮއްޑޫ ޒުވާނަކު އަދުން ހުސައިނަށް: ރޯދަމަހު ކަރާ އަގުބޮޑުވެގެން ނޫޅޭތި

ދެން އެމްވީ ، ދެން އޮންލައިން

މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ދެއްކެވި ވާހަކައަށް އއ. ތޮއްޑޫ ޒުވާނަކު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

"ކުލި ކުޑައެއް ނުވާނެ، ކޮންޓްރޯލެއް ވެސް ނުކުރެވޭނެ: އަނދުން ހުސެއިން" މި ސުރުހީގެ ދަށުން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ފޭސްބުކުގައި ޝެއާ ކުރުމަށްފަހު ތޮއްޑޫގެ ޒުވާނެއް ކަމަށްވާ ޝަރުވާނު ވަނީ "ރޯދަ މަހު ކަރާ ފަނިތަށި އަގުބޮޑުވެގެން ނޫޅުމަށް އެދިފައެވެ.

އަދުން ހުސައިންގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ވެސް ވިދާޅުވީ މާލެއިން ދިރިއުޅެން ތަންތަން ކުއްޔަށް ދޫކުރުމަކީ ކުރާ ވިޔަފާރިއެއް ކަމަށާއި އެހެންކަމުން ކުލި ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އާޒިމްގެ އެ ވާހަކައާ ގުޅިގެން އޭނާ އަށް ރައްދުދެމުން ޒުވާނަކު ބުނީ އެހެން އެކަން އޮންނަ ކަމުގައިވާނަމަ ފިހާރަތަކުން ވެސް އެއްޗިހި ވިއްކަންވީ އެމީހުން ބޭނުން އަގެއްގައި ކަމަށާއި ތަކެތީގެ އަގު ކިތަންމެ ބޮޑުވިޔަސް ސަރުކާރަށް އެކަމާ ބެހެވިގެން ނުވާނެ ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދުން ހުސައިން ވިދާޅުވެފައި ވަނީ ވަކި އަގެއްގައި މާލޭއިން ދިރިއުޅޭ ތަން ތަން ކުއްޔަށްދޭން އެންގޭނަމަ ރިސޯޓުތައް ވެސް އެއް އަގެއްގައި ކުއްޔަށްދޭން ސަރުކާރަށް އެންގެންވާނެ ކަމަށެވެ.

އަތޮޅުތަކުގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔިތުން އުޅެނީ މާ ދަތި ހާލުގައި ކަމަށާއި ގޭގެއަށް ވަނުމުން އެކަން އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!