ޚަބަރު

ލައިސެންސް ނުނަގައި ވަގަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ލައިސެންސް ނުނަގައި ވަގަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އަފްޖަލު ހުސެއިން(31އ.) އެވެ.

ބަންދު އަމުރުގައިވާ ގޮތުން ބޭންކު ސްޓޭޓްމަންޓްތަކާއި އޭނާ ދައްކާފައިވާ ވާހަކަތަކަށް ބަލާލާއިރު ގިނަ އަދަދެއްގެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާވެފައިވާކަން އެނގޭ ކަމަށެވެ. އަދި އޭނާއަކީ ބަނގުލަދޭޝްގެ ރައްޔިތަކަށްވާތީ ދޫކޮށްލައިފި ނަމަ ފިލުމުގެ ފުރުސަތު އޮތުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ދިވެހީންގެ ނަންމަތީ އެކި ވިޔަފާރިތައް ބިދޭސީން ރާއްޖޭގައި ދަނީ ކުރަމުންނެވެ. އަދި އެފަދަ ވިޔަފާރިތަކުން ލިބެން ޖެހޭ ޖީއެސްޓީވެސް ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. އެ މައްސަލަ ހައްލުކުރަން ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 16ވަނަ ދުވަހު ބުނިގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

Ads by HDC