ޚަބަރު

ވެހިކަލެއްގައި ގިނަ އަދަދެއްގެ ބަނގުރާ އުފުލި ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓު ހިންގާ އިމާރާތް--

ވެހިކަލެއްގައި ގިނަ އަދަދެއްގެ ބަނގުރާ އުފުލި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްުޔަރުކުރީ ބަންގުލަދޭޝްއަށް ނިސްބަތްވާ އެމްޑީ ޖެވެލް ހޮސެން(31އ.)އެވެ. އެގޮތުން އޭނާ ދުއްވި ވެހިކަލް ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅި ފެނުނު ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެންވެ އޭނާގެ މައްޗަށް ކުރަނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ދައުވާއެވެ.

ތުހުމަތުކުރެވޭ މީހާއަކީ ކުށުގެ ރިކޯޑެއް ނެތް މީހަކަށް ވެފައ،ި ވަޒީފާ އަދާކުރަމުންދާތީ ޝަރުތުތަކާ އެކު ބަންދުން ދޫކުރުމަށް އޭނާގެ ވަކީލު ކޯޓުގައި އެދުނު ނަމަވެސް އޭނާ އެއް ދުވަހު ޖަލުގައި ބަންދުކުރަން ކޯޓުން ވަނީ އަމުރުނެރެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!