ޚަބަރު

މިއަދު ނިޔާވި އެމްޕީއެލްގެ މުވައްޒަފަށާއި އައިންތު މިސްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މިއަދު ނިޔާވި އެމްޕީއެލްގެ މުވައްޒަފު އަމީން އަބްދުލް ހަމީދާއި ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އާމިނަތު ހަސަން (އައިންތު މިސް)ގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެ ބޭފުޅުންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެ ދެ ބޭފުޅުންނަށް ވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވައިފައެވެ.

އަމީން މިއަދު ނިޔާވީ އެމްޕީއެލްގެ ޑިއުޓީގައި ހުއްޓައި، ފިޓުޖެހިގެން ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ވެއްޓިގެންނެވެ. އައިޖީއެމްއެޗްއިން ބުނީ އަމީން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.

ދިވެހިބަސް އުނގަންނައި ދެއްވައި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ހިދުމަތް ކޮށްދެއްވި އައިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

Ads by HDC