ރިސޯޓެއްގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވެއްޖެ

ކ. އަތޮޅު އަދާރަން ރަންނާޅި ރިސޯޓުގައި ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.
އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.
ފުުލުހުން މިއަދު ބުނީ އިއްޔެ ރަންނާޅި ރިސޯޓުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލަ ރޭ 8:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ ކަރަންޓުގައި ޖެހިގެން ގެންދިޔައީ ކ. މާފުށީ ހޮސްޕިޓަލަށެވެ. އެއީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.