ޚަބަރު

ހަޔާތުގައި ހޯދިފައިވާ ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ޙައްޤު: ރައީސް ސޯލިޙް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިރިއުޅުމުގައި ލިބޭ ކާމިޔާބީގެ ފަހަތުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެބޭފުޅުންގެ މަސައްކަތްތަކަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށާ އަދި އާދެވިފައި ތިބި ހިސާބަށް އައުމަށް ޓަކައި ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ ވެސް މައިން ބަފައިންނަށް ފަހުގައި ޓީޗަރުން ކަމަށެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރު ފަސް ވަނަ ދުވަހެވެ. މި އަހަރުގެ ޓީޗަރުންގެ ދުވަސް މިއައީ ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް ގިނަ ސްކޫލްތަކެއް ބަންދުކޮށްފައިވާ ވަގުތެއްގަ އެވެ

މުދައްރިސުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ޓީޗާރސް - ލީޑިންގ އިން ކްރައިސިސް، ރީ-އިމޭޖިނިންގ ދަ ފިއުޗަރ"އެވެ. މިފަދަ ޝިއާރެއް ކަނޑައަޅާފައި މިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު އުނގަންނައިދިނުމުގެ ދާއިރާއަށް ނުވަތަ ތަޢުލީމީ ދާއިރާއަށް ކޮށްފައިވާ އަސަރުތަކާއި އެކުވެސް، ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ، ކާރިސާގެ ވަގުތުގައިވެސް މުދައްރިސުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުންކަމަށް ޔުނެސްކޯއިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!