ޕީއެންސީގެ ދޮރުން ދޮރަށް ޙަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ޙަކަރާތުގައި ރައީސް ވަނީ އެ ދާއިރާގެ ގޭބިސީތަކަށް ވަޑައިގެން ޢާއިލާތަކާ ބައްދަލުކުރައްވައި، އެ ޢާއިލާތަކުގެ އަޑު ގާތުން އައްސަވާފައެވެ. އަދި އެ މަނިކުފާނު ވަޑައިގެންނެވިއިރު، މަގުމަތިން ވެސް ވަނީ ބައެއް އާއްމު ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން އެ ދާއިރާގެ އެކި މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ވަނީ މި ޙަކަރާތުގައި ބައިވެރިވަޑައިގެންފައެވެ.
ޕީއެންސީއިން ކައުންސިލްތަކުގެ 28ގޮނޑިއަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއަށް ވާދަކުރެއެވެ. އަދި އިންތިޚާބަކާ ނުލައި 69 ގޮނޑި އެ ޕާޓީއަށް ވަނީ ލިބިފައެވެ.

