ޚަބަރު

އެމްޑީޕީގެ އިސް ސަފަކަށް ބަދަލެއް ނާދޭ. ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް: ސަޢީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ސަފަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އަލުން ފުރުސަތެއް ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Allied

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ އައު ވިސްނުމެއް ނެތް ކަމަށާއި އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީއަށް ކެންޕެއިން ޖަގަހައެއް ހުޅުވިފައި ނުވާއިރު، ކެންޕެއިން ޖަލްސާއެއް ވެސް ބޭއްވިފައި ނުވާކަމަށެވެ.

"ހަމަ އެއް ބަޔަކު ނުކުމެ މި ބުނަނީ މޮޅު ގޮތެއް އެބަ އޮތޭ. ބައްލަވާ އިހަށް ދުވަހު ނޫންތޯ ގައުމުގެ ސޮވެރިން ފަނޑުގައި ހުރި 200މިލިއަނެއްހާ ޑޮލަރު 2މިލިއަނަށް ކުޑަ ކުރީ އެމީހުން ނޫންތޯ؟" އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ޤައުމު ބަނގުރޫޓުކޮށް، ޑިފޯލްޓަކަށް ނުގޮސް އޮތް އޮތުން ސަލާމަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްްޒުގެ ވެރިކަމުގެ ދެ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 1.1ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައި ދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ވޭޕުގެ ވަބާއިން މިންޖުކޮށް، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް މުހިންމު ފިޔަވަޅުތަކެއް ރައީސް އެޅުވިކަން ފާހަގަކުރައްވައި، ކައުންސިލްތަކުގެ މުވައްޒަފުން ހަތަރުވަނަ ކެޓަގަރީއަށް މައްޗަށް ޖައްސަވާ އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައިކަން ވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!