ލައިފްސްޓައިލް

ނާސާއިން ދައްކުވައިދިނީ އެހެން ގުރަހަތަކަށް އިރު އޮއްސޭ މަންޒަރު، ވަރަށްވެސް ޗާލު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިރުއޮއްސޭ މަންޒަރަކީ ގިނަ ބަޔަކު އެމަންޒަރެއް ބަލާހިތްވާ މަންޒަރެކެެވެ. އެތައް ބަޔަކު އެ މަންޒަރެއް ބަލާހިތުން، އިރު އޮއްސޭ ވަގުތު އަތިރި މައްޗަށް ގޮސް އުޅޭތަން ވެސް ފެނެއެވެ. މުޅި ދުވަސް ފުރިހަމަ ކުރުމަށްފަހު އިރު އަޅުގަނޑުމެންނާއި އަލްވަދާއު ކިޔާ ލޮނުގަނޑުގެ ތެރެއަށް އޮބައިގެންދާ މަންޒަރަކީ ހާދަހާވާ ހިތްފަސޭހަ މަންޒަރެކެވެ. ދުނިޔެއަށް އިރު އޮއްސޭ މަންޒަރަކީ އަޅުގަނޑުމެންނަށް އައު މަންޒަރަކަށް ނުވާނެއެވެ. އެހެން ނަމަވެސް އެހެން ގުރަހަތަކަށް އިރު އޮއްސޭ މަންޒަރަކީ ތަފާތު މަންޒަރަކަށް ވާނެކަން ގައިމެވެ.

Ads by Sosun Fihaara

އެހެން ގުރަހަތަަކަށް އިރު އޮއްސޭ މަންޒަރު ދުވަހަކު ވެސް ބަލާހިތްވި ހެއްޔެވެ؟އެހެން ކަމުގައިވާނަމަ މިއޮތީ އެ ފުރުސަތު ތިބާއަށް ވެސް ނާސާއިން ފަހިކޮށްދީފައެވެ. ނާސާގެ ސައިންސްވެރިއެއް ކަމަށްވާ ޖީރޯ ނީމޯ މިވަނީ އެހެން ގުރަހަތަކަށް އިރުއޮއްސޭ މަންޒަރުގެ ފޮޓޯތަކެއް ދައްކުވައިދޭ ވީޑިއޯއެއް ޔޫޓިއުބުގައި އާންމު ކޮށްފައެވެ.

މި ޕްލެނެޓް ތަކުގައި ހުރެގެން އިރުއޮއްސޭ މަންޒަަރު ބަލާ ކޮންމެ މީހަކަށްވެސް އެ މަންޒަރު ފެންނާނީ މި ވީޑިއޯގައި ދައްކުވައިދޭ ގޮތަށެވެ. މި ވީޑިއޯގައި 7 ގުރަހައަށް އިރު އޮއްސޭ މަންޒަރު ވަކިވަކިން ދައްކުވައި ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!