ޚަބަރު

ނިމާލްގެ ޢާއިލާއަށް ރައީސް މުޢިއްޒު ތަޢުޒިޔާ ދަންނަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ގާތްގަނޑަކަށް ދެމަހެއްހައި ދުވަހު ބަލިވެ އޮތުމަށް ފަހު މިއަދު ހެނދުނު ދުނިޔެދޫކުރި ރާއްޖޭގެ ކުޅަދާނަ ފަންނާނު އަޙްމަދު ނިމާލްގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

Ads by STELCO

މީސްމީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރުޙޫމްގެ މައްޗަށް ވަނީ ދުޢާކުރައްވައިފައެވެ.

ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު، މިއަދު އަޞްރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެއެވެ. މި ކަށު ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކޮށްދިނުމަށް ޢާއިލާއިން އެދެއެވެ.

ޢުމުރުން 64އަހަރުގެ ނިމާލްއަށް ޑިސެމްބަރ މަހުގެ 31ވަނަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އޭނާއަށް ފަހުން ފަރުވާ ދިނީ އައިޖީއެމްއެޗްގައެވެ.

Ads by PNC