ދުނިޔެ

ޓްރަމްޕް ހޮސްޕިޓަލްގައި ހުރީ ވަރަށް "ވައި" ވެފައި !

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، އެތަނުގައި ހުންނަވަން ޖެހުމުން ވަރަށް "ވައި" ވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވީހާ ވެސް އަވަހަކަށް ވައިޓް ހައުސް އަށް ދާން ބޭނުންވާ ކަމަށް ޓްރަމްޕް އޭނާގެ އެޑްވައިޒާ ގާތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕް ވައިޓް ހައުސްއަށް ދާން ބޭނުންފުޅު ވަނީ ކޮންމެހެން ހޮސްޕިޓަލުގައި ފޫހިވާތީއެއް ނޫން ކަމަށާއި ސިޔާސީ ބޭނުމަކަށް ޓަކައި ކަމަށް ވެސް މީޑިއާތައް ބުނެފައި ވެއެވެ.

ޓްރަމްޕް ވީހާ ވެސް އަވަހަކަށް ވައިޓް ހައުސްއަށް ވަޑައިގަންނަވަން ބޭނުންވި ކަމުގައިވިޔަަސް ޓްރަމްޕްގެ އާއިލާއިން މިކަމާ ދެކޮޅު ހަދައެވެ. ސަބަބަކީ ވައިޓްހައުސް އަށް ބަދަލު ކުރުމުން އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސްވެގެން ގޮސްދާނެތީއެވެެ. އެހެންނަމަވެސް ނުފޫޒުގެ ބާރު ބޭނުން ކޮށްގެންވެސް ޓްރަމްޕް ގެއަށް ބަދަލުވެދާނެ ކަމަށް ރިޕޯޓް ތައްް ބުނެއެވެ.

ޓްރަމްޕް ދޫކޮށްލަން ނިންމާފައިވަނީ މިއަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެހެން ނަމަވެސް ޓްރަމްޕް ބޭނުންވަނީ އޭގެ ކުރިން ގެއަށް ދިއުމަށެވެ. އަދި މިކަމާ އޭނާގެ އެޑްވައިޒަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މީގެ އިތުރުން ވައިޓް ހައުސްގެ ފިޒީޝަން ސީން ކޮންލޭ ވިދާޅުވާ ގޮތުގައި މި ބަލީގެ ސަބަބުން ޓްރަމްޕްއަށް ނޭވާލާން އުދަނގުވާ ކަމަށާއި އޮކްސިޖަންވެސް ގުޅަން ޖެހިފައިވާ ކަމަށެވެ. އެެހެން ކަމުން މިބަލީގެ ނުރައްކާ ޓްރަމްޕަށް ވަރަށް ބޮޑު ކަމަށް ވާތީ އޭނާ ވައިޓް ހައުސް އަށް ބަދަލު ކުރުމާއި އެމީހުން ވެސް ދެކޮޅެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!