އެސްޓީއޯ ތެޔޮ ބޯޓުތައް ހުރުމޫޒް ހުރަސްކޮށް ރާއްޖެއާ ދިމާލަށް
ރާއްޖެއަށް ބޭނުންވާ ތެޔޮ ހިފައިގެން އަންނަ ދެ ތެޔޮ ޓޭންކަރު ހުރުމޫޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް މިސްރާބު ޖަހައިފިއެވެ.
މެރިޓައިމް ޓްރެކން ޑާޓާ އިން އެނގޭ ގޮތުގައި އެސްޓީއޯގެ ދެ ތެޔޮ ބޯޓު ކަމަށްވާ އަލިމަސް އަދި ނިއޯ މިވަގުތު އޮތީ އަރަބި ކަނޑުގައެވެ. މި ދެ ބޯޓު ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މިމަހު 19އަދި 21ވަނަ ދުވަހުއެވެ. މި ބޯޓުތައް އަންނަނީ އޮމާން އިން ފުރައިގެންނެވެ.
މެރިޓައިމް ދާއިރާގެ މާހިރުން ވަނީ މިވަގުތު ރާއްޖޭގެ ޝެޑިއުލް ހުރި ގޮތުން ރާއްޖެއަށް ބޭނުންވާނެ ތެޔޮ ލިބުމުގައި ދަތިތަކެއް ނާންނާނެ ކަމަށް ބުނެފައެވެ.
ރާއްޖެއަށް ތެޔޮ ގެންނަން މަގުތަކެއް ތަނަވަސް ވެގެން ގޮސްފައި މިވަނީ ސަރުކާރުން ދުރާލާ ފަށާފައިވާ މަސައްކަތްތަކާއެކުގައެވެ. މި މަސައްކަތްތަކާއެކު ރާއްޖެއަށް ބޭނުންވާ ސަޕްލައި ބަރާބަރަށް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެސްޓީއޯއިން މިމަހުގެ 15ވަނަ ދުވަހުވެސް ވަނީ ތެލުގެ ޝިޕްމަންޓެއް ގެނެސްފައެވެ. އަދި 19އަދި 21ގައި ވެސް އަންނާނެއެވެ.
ރާއްޖޭން ސަޕްލައި ޔަގީން ކުރިނަމަވެސް މި ސަރަހައްދުގެ ހުރިހާ ގައުމުތަކެއް ވަނީ ތެޔޮ ލިބުން ތާށިވުމުގެ ސަބަބުން އާްއްމު ހިދުމަތްތައް ކޮންޓްރޯލްކޮށްފައެވެ.
ތި ގަނެވޭނީ ގަނެވޭ ވަރު އަގެއްގަ ވިއްކާގެންތާ! މިހާރު ރާއްޖެތެރޭ ތެޔޮ ލީޓަރެއް ލިބެނީ 28ރ އަށް!