ޚަބަރު

ސިޔާސީ ފިކުރު ދޫކޮށް މޫސާ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަންނަވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)

ކުރިއަށް އޮތް އިންތިޚާބުގައި ޕާޓީތަކުގެ ތަފާތުކުރުންތަކާއި ސިޔާސީ ފިކުރުތައް އެއްކިބާކުރުމަށްފަހު، އެންމެ ގާބިލު ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

Ads by PNC

ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސާ ޖަލީލަކީ އެމަނިކުފާނުގެ އަމިއްލަފުޅު އިޚްތިޔާރެއް ކަމަށާއި، މި ދަނޑިވަޅުގައި އެންމެ މުހިންމީ ޕާޓީގެ ރޫހަށްވުރެ ބޮޑަށް ތަޖުރިބާއާއި ގާބިލުކަމަށް ބަލައި ވޯޓުލުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ހިންގުން ހީނަރުވެފައިވާކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ފާހަގަކުރަމުންދާ މި ވަގުތު، ހަރުދަނާ ލީޑަރޝިޕެއްގެ ދަށުން ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަންނަނީ ބާރުއަޅަމުންނެވެ.

މީގެ އިތުރުން، ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އެހެން ލީޑަރުން ވެސް އަންނަނީ މޫސާ ޖަލީލަށް ތާއީދު ކުރައްވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ، ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މޫސާ ޖަލީލާ އެއްވަރަކަށް ކުފޫހަމަވާ އެހެން އެއްވެސް ބޭފުޅަކު ނެތްކަން ފާހަގަކުރައްވައި، އޭނާއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

Ads by Allied Insurance