ޚަބަރު

އިންތިޚާބުގެ ނާކާމިޔާބީ ގަބޫލުކުރައްވައި، ސަރުކާރުގެ މިސްރާބު ރަނގަޅުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މިއަދު ރާއްޖޭގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީ ބަލައިގަންނަވާކަން ހާމަކުރައްވައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން އިސްލާހުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.

Ads by PNC

ވޯޓުގެ ނަތީޖާ ސާފުވުމާ ގުޅިގެން މީސްމީޑިއާ މަންސަ 'އެކްސް' މެދުވެރިކުރައްވައި ރައީސް އާންމުކުރެއްވި ބަޔާނެއްގައި، އިންތިޚާބުތަކުން ކާމިޔާބީ ހޯދި ހުރިހާ ފަރާތްތަކަށް ވަނީ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން މާތްﷲގެ އިރާދަފުޅާއެކު އިސްލާހުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ވޯޓުލުމުގެ ނަތީޖާތައް ދައްކާގޮތުން، ސަރުކާރު ހިންގާ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ރާއްޖޭގެ ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ މޭޔަރުކަމުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ދިފާއުކޮށްފައިވާއިރު، އެ ސިޓީތަކުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތުވެސް ނަގާފައިވަނީ އެ ޕާޓީންނެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނުކުތް ނަތީޖާއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓުގައިވެސް ގިނަ ރައްޔިތުން ނިންމާފައިވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށެވެ. މިހާތަނަށް ގުނާފައިވާ 18،050 އަށްވުރެ ގިނަ ވޯޓަށް ބަލާއިރު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް 70.1 އިންސައްތަ މީހުން ވޯޓުދީފައިވެއެވެ. މި ބަދަލު ގެނައުމަށް ތާއީދުކޮށްފައިވަނީ އެންމެ 29.9 އިންސައްތަ މީހުންނެވެ.

އިއްޔެ ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހަވީރު 4:00 ގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު 185،709 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުންގެ ތެރެއިން ގާތްގަނޑަކަށް 63 އިންސައްތައެވެ. ނަމަވެސް، ވޯޓުފޮށިތައް ބަންދުކުރިއިރު މި ނިސްބަތް 70 އިންސައްތައާ ގާތްކުރާނެކަމަށް ލަފާކުރެވެއެވެ.

Ads by Allied Insurance
  1. ރައްޔިތު

    ސަރުކާރު ރަނގަޅު ކުރުމަށް ފުރަތަމަ ކުރަންވީކަމަކީ ތިޔަ އިންތިހާބުގެ ކެމްޕޭނުގަ އެންމެ ކުރީގަ ތިބި މީހުން ސަރުކާރުން ދުރު ކުރަންވީ. ވަޒީރުންނަށް ރައްޔިތުން އެދޭ މީހުން ލާންވީ. ސުޕަ މެޖޯރިޓީން ރައްޔިތުން ބޭނުންވާ ކަންކަން އަވަހަށް ނިންމަންވީ. ރައްޔިތުން ބޭނުންވަނީ ދާއިމީ ފަސޭހަކަންކަން. އެއް މަސްދުވަހުގެ ކަރަންޓު ބިލު 400ރ އަށް ވާކަށް ނޫން.

  2. މިޖުތާޒު

    އަދިވެސް އެމްޑީޕީ މީހުންނަށް ސަރުކާރުގެ މަތީމަގާމުތަށްދީ އޭރުން ނަތީޖާފެންނާނެ ޕީއެންސީ މީހަކަށް ވަޒީފާދޭންވެއްޖެއްޔާ ތާކުކުނިކަހާމީހަކަށްނޫނީ ސިކިޔުރިޓީ އޮފިސަރަކަށް ބަހަޓާފައެމްޑީޕީ މީހަކައްވެއްޖެއްޔާ ސޮޓޭޓް މިނިސްޓރުކަން އެންމެ ދައްމަގާމަކައްދޭނީ އެތަފާތުގެ ނަތީޖާތިފެނުނީ

  3. މުޖުތާޒު

    އަހަރެންނަކީ ޕީއެންސީ މީހެއް އެހެންނަމަވެސް އަހަރެން ވޯޓް ނާޅަން ޕީއެންސީ މިހަކައް އަހަރެން ވޯޓްދިނީ އެމްޑީޕީ މީހުންނާއި އަމއްލަގޮތުން ކުރިމަތިލީމީހުންނައް އެއީ ކުރިގަ ބުނި ސަބަބައްޓަކާ ދެންތިބީ ޕާޓީގެ އެމްޕީން އޭގެ ތެރޭގަ ގިނައީ މުޅިން ދޮގުހަދާ އެމްޕީން ތެދުހަދާދެތިނއމީހަކުނެތޭނުބުނަން އެހެންވީމަ މިފަހަރުގެ ނަތީޖާ އެގޮތައްއެލިބުނީ މީލައްކަވާހަކަ

  4. ތޮރާ

    އެންޑީޕީ މީހުން ޕީއެންސީގެ ތެރެއަވަދެ ވޯޓޫން ނަތީޖާބަދަލް ކޮއްލީ

  5. މުޖުތާޒު

    ހީވަނީ އެ އެމްޕީނއގެ އަމިއްލަ މައިންބަފައިންގެ މުދާ ނުވަތަ އެމީހުން ބަހައްޓާފަ ހުންނަ އެއްޗެއްކަމައް ވަޒީފާތަކަކީ އެމީހުންނަށް ސަނާކިޔާ އެމީހުންގެ ފަހަތުގަ އެބުރޭއެމްޑީޕީގެ މީހިންނަށް ވަޒީފަ ބަހަނީ