ޚަބަރު

ރާއްޖެ އެތެރެކުރި ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ރާއްޖެ އެތެރެކުރި ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މއތަރިޖެހިއާގެ ކ. މާލެ، އިސްމާއިލް އަބާން އަބްދުﷲ(25އ.) އާއި ރަތްމާގ،ެ ސ. މަރަދޫ، އަހުމަދު ދާން ފަރްހޫދު(19އ.)އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ކޮންޓްރޯލް ޑެލިވަރީއެއްގެ ތެރެއިން އެ ތަކެއްޗާ ހަވާލުވުމުން ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އެ ދެ މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ ކޮންމެވެސް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ. އެގޮތުން ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއ،ި މުދާ ކްލިއަރ ކުރުމަށް ހަވާލުވެހުރި ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާނާއ،ި ފުލުހުންގެ އިންސިޑެންޓް ރިޕޯޓާއި ލިޔެކިޔުންތައް ލިޔެކިޔުންތައް ހުށަހެޅިފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

ނަމަވެސް އެތެރެކުރީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ބަންދު އަމުރުގައި ބުނެފައެއް ނުވެއެވެ.

އެ މައްސަލައިގައި އެ ދެ މީހުންގެ ބަންދަށް ވެސް ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

ފަހަކަށް އައިސް ރާއްޖެއިން އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

Ads by Allied Insurance