ޚަބަރު

ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޮމަންޑޫ ރަމީޒު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙޫމުގެ އާއިލާއަށާއި އެ އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Ads by Allied

އެ މަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމީޒަކީ ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަން ކުރައްވާފައިވާ އަދި އިދާރީ ހިންގުމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ ށ. އަތޮޅުގެ ތަފާތު އެކި މަޤާމުތައް ފުރުއްވުމުގެ އިތުރުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ އަދި އިދާރީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތެރިއެކެވެ.

މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި މާތްﷲ ގެ ފުއްސެވުމާއި ރުއްސެވުން މިންވަރުކުރެއްވުން އެދިވަޑައިގެން ވަނީ ދުޢާކުރައްވާފައެވެ. މީގެ އިތުރުން، މި ފުން ހިތާމައިގެ ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

Ads by Allied Insurance