ސިޔާސީ

ކޮންމެ ކާމިޔާބީއެއްގައި ޕާޓީގެ އިސްމީހާ ދަމާ ކަންޑާ ވައްޓާލުން ރަނގަޅުނޫން، ހެޔޮނުވާނެ ތިކަން ހުއްޓާލާ: ރީކޯ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ޕާޓީގެ އިސްމީހާކޮށް ހުންނަމީހާ ދަމާ ކަންޑާ ވައްޓާލުން ރަނގަޅުނޫން ކަމަށާއި ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކިކުރުން ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައިފިއެވެ.

Ads by Allied

މީސްމީޑިއާ "އެކްސް"ގައި ހިއްސާ ކުރި ވީޑިއޯ ޕޯސްޓެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ޕާޓީގެ ވަރަށް ގިނަ އިސްވެރިންނާއި އާންމު މެނަބަރުގެ ބުރަ މަސައްކަތް ކަމަށާއި ޕާޓީގެ ޖަލްސާއެއްގައި ބަޔަކަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުލިބުނަސް މިވަރުގެ ބޮޑެތި ފިޔަވަޅުތައް އަޅަން ހެޔޮނުވާނެ ކަމަށެވެ.

ގަޕޯ އަކީ 17ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވި، އެމްޑީޕީއާ ގުޅިގެން ވަރަށް ބުރަކޮށް ޕާޓީގެ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި ޕާޓީ އެތެރޭގެ ވެރިކަމުގެ ކޯޅުމުގެ އަސަރު އެހެން މެންބަރުންނަށް ފޯރުން ބަލައި ނުގަނެވޭނެ ކަމަށް މޫސަ ވަނީ ފާހަގަކޮށްފައެވެ.

އަޅުގަނޑު ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ވާހަކަ ދެއްކިން. އަޅުގަނޑުވާ ބޭނުމެއްނެތް އެކަން ކުރާކަށް. އަޅުގަނޑު ހުންނާނަން ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި. އިސްމަގާމެއް ނެތަސް އެމްޑީޕީއާ އެކީގައި ހުންނާނަން" ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ބުނެފައިވެއެވެ.

މީގެ އިތުރުން މީގެ މިފަދަ ފިޔަވަޅުތައް އަޅަންވީ ވަގުތު ނޫންކަމަށާއި މީހުން އިޚްލާސްތެރިކާމާ އެކު ކޮށްދޭ ކަންކަން ބަލައިގަންނަން ދަންނަންވާނެ ކަމަށާއި މިނިދިޔަ ރިޔާސީ އިންތިޚާބުގައި ދިމާވިފަދަ މައްސަލަތަކެއް ޖެހުމަށް އިތުރަށް ފުރުސަތު ނުދިނުމަށް ވެސް މޫސަ ވަނީ ގޮވާލާފައެވެ.

Ads by Allied Insurance
  1. މުޖުތާޒު

    އެމްޑީޕީގަ ނުހުންނާނެ ރައީސް ނަޝީދަށްވުރެ އިސްމީހެއްރީކޯ ނަޝީދު ވައްޓާލަން ކުރި މަސައްކަތްހަދާންނެތުނީތަ ތިވައްތަރަށްވާހަކަ ދައްކަނީ މިހާރުވެސް މަސައްކަތް ކުރިނީ ނަޝީދުގެ ދުވެސް ދުއްވާލަން އެންމެ ފަރަތަމައިންވެސް އެގޭ އިބޫ ސޯލިހު ރިސޯޓަށް ގެންގޮސްގެން އުޅުނީ ވަކިބޭނުމެއްގަ ކަން