ވިޔަފާރި ޓެކްނޮލޮޖީ

އައިފޯން 12 ނެރުން މި މަހުގެ 13 ގައި، އުފަން ދުވަހު ހަދިޔާއަކަށް ބޭނުންވަނީ އައިފޯނެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެޕަލް އައިފޯން 12 މި އަހަރު ނެރޭނެކަމާ ދޭތެރޭ ސުވާލު އުފެދިފައި ވަނިކޮށް، މި މަހުގެ 13 ގައި އެޕަލްގެ އިވެންޓަކަށް އަނެއްކާވެސް ދައުވަތު ދީފި އެވެ.

Ads by Hajj Corporation

މިކަމަށް ހާއްސަ ކޮށްގެން ބާއްވަނީ ވެސް ވާޗުއަލް އިވެންޓެކެވެ. "ހައި، ސްޕީޑް" ގެ ނަމުގައި މި މަހުގެ 13 ވަނަ ދުވަހު އެޕަލް ޕާކްގައި އިވެންޓް ފަށާނީ ރާއްޖޭ ގަޑިން އެ ރޭ 10:00 ގަ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އައިފޯނު 12 ނެރޭނީ 5ޖީ އާ އެކީގަ އެވެ. އޭގެ ހަތަރު މޮޑެލްއެއް ނެރޭނެ އެވެ. އޭގެ ތެރޭގައި 5.4 އާއި 6.7 އިންޗީގެ ފޯނު ވެސް ހިމެނެ އެވެ. މީގެ ތެރެއިން 6.7 އިންޗީގެ ފޯނު ވާނީ މިހާތަނަށް ނެރޭ އައިފޯނުގެ އެންމެ ބޮޑު ފޯނަށެވެ. އަދި މި ފަހަރު ފޯނުގެ ޑިޒައިންތަކުން ވެސް ފާހަގަކުރެވޭ ބަދަލުތަކެއް ފެންނާނެ އެވެ.

ނަމަވެސް އައިފޯނު 12 އާ ގުޅޭ ގޮތުން އެޕަލް އިން މިހާތަނަށް މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައި ނުވާތީ އެއީ ކިހާ ތަފާތު ކަންތައްތަކެއް ހުންނާނެ ފޯނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ އައިފޯނަށް ލޯބިކުރާ މީހުން އުންމީދު ވެސް ނުކުރާ ކަހަލަ ބައެއް ކަންކަން އެޕަލް އިން ގެނެސްދޭނެ ކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!