ޚަބަރު

ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށް ރައީސް އޮފީހުގައި ޚާއްޞަ ބިއުރޯއެއް ގާއިމުކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި އައު އިދާރާއެއް އުފައްދަވައިފިއެވެ.

Ads by Allied

މި އައު ބިއުރޯގެ އެންމެ އިސް ވާޖިބަކަށް ވާނީ، ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް ޢާންމުން ހުށަހަޅާ މައްސަލަތައް ޒަމާނީ ޑިޖިޓަލް ނިޒާމެއްގެ ދަށުން ބެލެހެއްޓުމެވެ. އަދި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެ ޝަކުވާތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްފަހު، ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ އިންތިޒާމު ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ގުޅޭނެ ޚާއްޞަ ކޯލް ސެންޓަރެއް ވެސް މި އިދާރާގެ ތެރެއިން ހިންގުމަށް ވަނީ ނިންމަވާފައެވެ.

މި އިދާރާގެ ޚިދުމަތްތައް ޢަމަލީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މެދުތެރޭގައެވެ. އެހެންކަމުން، އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެހެނިހެން އިދާރީ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ގެންދަނީ ކުރަމުންނެވެ. ރައްޔިތުންގެ އަޑުއެހުމަށް ޚާއްޞަ މިފަދަ އޮފީހެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ، ފާއިތުވި ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

Ads by Allied Insurance
  1. ސަމް

    ތަންތަނުގަ ބާކީވެ ަވާ މުވައް ހޯއްދަވާ.

  2. ހުސް ވާހަކަ

    އަޅެ އެއްކަމެއްވެސް ނުވެ