ޚަބަރު

ނޭކުރަންދޫ ޑަބްލިޔުޑީސީ އިންތިޚާބު ޕީއެންސީއިން ކާމިޔާބުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާ

މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުތަކުގެ ތެރެއިން ނަތީޖާ އެއްވަރުވުމުގެ ސަބަބުން ބޭއްވި ދެވަނަ ބުރުގައި ހދ. ނޭކުރަންދޫގެ އިންތިޚާބު ވެރިކަންކުރާ ޕާޓީ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.

Ads by Allied

މި އިންތިޚާބުގައި ނަތީޖާ އެއްވަރުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާއާއި މިނިވަން ކެންޑިޑޭޓު ފާޠިމަތު ނިޝާދާއާ ދެމެދު ބޭއްވި އިންތިޚާބެކެވެ.

މި އިންތިޚާބުގައި ވޯޓުލާފައިވާ ދެ ފޮށީގެ ނަތީޖާއިން ވެސް ކުރި ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. އެ ރަށުގައި ބެހެއްޓިފައިވާ ވޯޓު ފޮށިން ރިއުޒާއަށް 183 ވޯޓު ލިބުނުއިރު، ނިޝާދާއަށް އެ ފޮށިން ލިބުނީ 79 ވޯޓެވެ. މާލޭގެ ފޮށިން ރިއުޒާއަށް 179 ވޯޓު ލިބިފައިވާއިރު، މިނިވަން ކެންޑިޑޭޓަށް އެ ފޮށިން ލިބިފައި ވަނީ 135 ވޯޓެވެ.

Ads by Allied Insurance
  1. ލައްޓި

    ނަތީޖޭދެއްކީ ރަގަޅަޢް އޭރުވެސްއެގޭ ޕީޕަލްސް ނެޝަނަކް ކޮންގުރެސް މޮޅުވާނެކަން