ޚަބަރު

ތޫނު އެއްޗަކުން މީހެއްގެ ކަރައް ހަމަލާދިން މައްސަލަ: ބިދޭސީއަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ތޫނު އެއްޗަކުން މީހެއްގެ ކަރައް ހަމަލާދިން މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ. އެމީހާ އަށް ހަމަލާދީފައި ވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓަ ކަމަށާއި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance
  1. ލައްޓި

    މމީހުންނަށް ރާއްޖޭގަ މިގޮތައްއުޅެވެނީ ކީއްވެބާ ބަނގުލާދޭޝްގެ ރައްޔިތަކާމެދު ފިޔަވަޅު އެޅޭތަނެއް ނުފެނޭ ހަމައެކަނި ނޫހުގރ ފަލަ ސުރުހީއައްއެވޭހަކަ އަރުވާލުން ނުންކަމެއް ދުވަހަކު ނުވޭއެމީހުންނާހެދި ހަވީރަކު ހިގާލެވެން ނޯވޭހަވީތު 4 އަކުންފެށިގެން ރޭގަޑު 12 ޖަހަނެދެން ހުޅުމާލެއާ ހުޅުމާޖެ ފޭސް 2 އަދި ވިލިމާލެ އާއި މާލޭގެ މަގުތައް ފރާލާފަ އެމީހުންގަޑު ތެޅިބާލަނީ އާންމު ރައްޔިތުންނައް މިކަމާހެދި ވަރައްބޮޑައް އުދަގޫވޭ