ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ޝަހްބާނަށް ދައުވާކުރަން ފޮނުވައިފި
2026 މާރިޗު 18ވަނަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި ހައްޔަރުކުރި ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ)ދައުވާ އުފުލުމަށް ޓަކައި ފުލުހުން ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރީން އެ އިމާރާތަށް މީހަކު ވަންނަ މަންޒަރު ފެނެއެވެ. އެ މަންޒަރުން ފެންނަ ޙުސައިން ޝަހްބާން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން މަރޗްމަހުގެ 22ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޯޓުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.