ޚަބަރު

ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލި މައްސަލައެއް ތަހްގީގުކުރަން ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން މީހަކު ޒަހަމްކޮށްލި މައްސަލައެއް ތަހްގީގުކުރަން ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، އައްޑޫ ސިޓީ ހުޅުމީދޫ ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ 2026 އޭޕްރީލް 28ވަނަ ދުވަހުގެ މެންދުރުފަހު 13:50 އެހައިކަންހާއިރު ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމީހާއަށް އަނިޔާ ވެފައި ވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވެއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އެއީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance