ލައިފްސްޓައިލް

އައިނާއި މާސްކް: ދޭތި ދޭއްޗަށް ނަފުރަތު ކުރޭ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާއެއް ކަމުގައިވާ ކޮވިޑު-19 ގެ ސަބަބުން އެތަކެއް ކަމެއް އަހަރެމެންގެ ދިރިއުޅުމުން މިވަނީ ބަދަލު ވެފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއް ގޮތުގައި ފާހަގަ ކުރަނީ މާސްކު އެޅުމެެވެ. މާސްކު އެޅުމަކުން އެއްވެސް ގެއްލުމެއް ނެތެވެ. އެހެން ނަމަވެސް އައިނު އަޅާ މީހުނާ ދޭތެރޭ ވިސްނާފައި މިވާހަކަ ދެކެވެނީ އެވެ.

Ads by STELCO

ދޮގު ވާހަކައެއް ނޫނެވެ. އައިނު އަޅައިފިއްޔާ މާސްކު އެޅެނީއެއް ނޫނެވެ. މާސްކު އަޅައިފިއްޔާ އައިނު ނާޅާ އުޅެނީ ކިހިނެއް ހެއްޔެވެ؟ އަޅެ ފަހެ އައިނާއި މާސްކަކީ ދެން ހަމަ އެހާ ނަފުރަތު ކުރާ ދޭތި ހެއްޔެވެ؟ މާސްކާއި އެކުގައި އައިނު އެޅުމަކީ ރުޅިވެސް ގަދަވާ ކަމެކެވެ. ނޭވާ ލާ ކޮންމެ ފަހަރަކު އައިނު ފުސް ވަނީ އެވަރަކަށް ނޫން ވިއްޔާއެވެ. ނޭވާ ލުމުން އައިނު ހިތްހަމަ ނުޖެހެނީ ބާވައެވެ. ދެން ފަހެ ނޭވާ ނުލާ އުޅެވޭނެ ހެއްޔެވެ؟

ބައެއް ފަހަރު މާސްކު ނާޅާ ވެސް ނުކުންނަން ހިތަށް އަރައެވެ. އެހެން ނަމަވެސް މާސްކު ނާޅާންޏާ ފުލުހުން ހޯދައެވެ. މާސްކު އަޅައިގެން އައިނު ނާޅާ ނުކުންނަންޏާ ފުލުހެއް ނާންނާނެއެވެ، އެހެންނަމަވެސް އަހަރެން ލޮލަށް ފެންނަނީއެއް ނޫނެވެ. ތަނަކަށް އަރާ ވެއްޓުނަސް އަހަރެންނަކަށް ނޭނގޭނެއެވެ. މިއީ އައިނު އަޅާ މީހުންގެ ވޭނީ ހާލަތެވެ.

ދެން ފަހެ އައިނާއި މާސްކާއި ގުޅޭނެ އިތުރު ގޮތެއް ހަމަ ނެތީހެއްޔެވެ؟ ނޭވާ ލާން ކިތަންމެ އުނދަގޫ ވިޔަސް މާސްކު ނާޅާ ނުކުމެވޭކަށް ނެތެވެ. މާސްކު ނާޅާ ނުކުންނަ ފަހަރަކު ފުލުހަކަށް ފެނިއްޖެޔާ އެއްފަހަރާ ޖޫރިމަނާ ވެސް ކޮށްލަނީ އެވަރަކަށް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ. ސަރުކާރުން އަންގާފައި އޮތް ގޮތެވެ. ތަބަޢަ ވާން ވާނެތާއެވެ. އެހެން ނަމަވެސް ހަމަ ބުނެލަން ބޭނުންވަނީ މިނޫން އިތުރު ގޮތެއް ދެން ހަމަ ނެތީ ހެއްޔެވެ؟

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!