ޚަބަރު

އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް މުބީން އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރި މުބީން

އެމްޓީޑީސީގެ ޑީއެމްޑީގެ މަގާމަށް އަހުމަދު މުބީން އައްޔަނުކޮށްފިއެވެ.

Ads by Allied

މުބީން އެ މަގާމަށާއި އެމްޓީސީސީގެ ޑިރެކްޓަރުގެ ބޯޑަށް އައްޔަނުކުރިކަން ހާމަކޮށް އެނާއަށް މަރުހަބާ ކިޔައި އެ ކުންފުނިން ސޯޝަލް މީޑިއާގައި ވަނީ މިއަދު ޕޯސްޓެއްކޮށްފައެވެ.

އަށާރަ ވަނަ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މުބީން މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައެވެ.

ނަމަވެސް އާރުސީއެލް އުވާލައި އެ ކުންފުނި އެމްއޭސީއެލްގެ ދަށަށް ގެންދަން ނިންމުމާއެކު މުބީން މަގާމުން އިސްތިއުފާދެއްވިއެވެ.

މުބީންގެ ކުރިން ޑީއެމްޑީގެ މަގާމުގައި ހުންނެވީ އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވައިފައެވެ.

މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރެއްވި އިރު ސަރުކާރާއި ކުންފުނިތަކުގެ އިސް ވެރިންގެ މަގާމުތަކަށް ބޮޑެތި ބަދަލުތައް ދަނީ ގެންނަމުންނެވެ.

Ads by Allied Insurance