ދުނިޔެ

ޑެލިވަރީ ކޮށްދެވޭނެ ވަގުތުތައް ފުލުހުން އާއްމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ 24 ގަޑިއިރުގެ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ލޮކްޑައުންގެ މުއްދަތުގައި ޑެލިވަރީ ކޮށްދެވޭނެ ވަގުތުތައް ފުލުހުން އާއްމުކޮށްފިއެވެ.

Ads by WAMCO

ދާދި ދެންމެ ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހެނދުނު 0900 ކުން މެންދުރު 1400 އަށް، ހަވީރު 1500 އިން 1800، އަދި ރޭގަނޑު 2000 އިން 2300 އަށް މާލޭގައި ޑެލަވަރީ ކުރުމުގެ ޚިދުމަތްދެވޭނެކަމަށެވެ. ޑެލެވެރީ ކުރުމުގެ ޚިދުމަތް ދެވެނީ އެކަމަށް އެދި ހުއްދަ ހޯދާފައިވާ ފަރާތްތަކަށްކަން ފާހަގަކޮށްލެއެވެ.

މާލެއިން ކޮވިޑް19 ފެނުމާއެކު މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ ގެއިން ނިިކުތުމުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ރެޖިސްޓްރީ ވާން ގުޅަން ޖެހޭނީ ފުލުހުންގެ ނަމްބަރު 3034444 އަށް ކަމަށާއި ވެހިކަލްތަކާއި ޑެލިވަރީ ޚިދުމަތް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށް ފުލުހުން ބުނެއެވެ.

މަގުމައްޗަށް މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެ ކަމަށާއި ފުލުހުންނަށް އެންގުމެއް ނެތި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާކޮށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް މާލެއިން 3 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައެވެ. މިހާތަނަށް ކޮވިޑް 19 ތިން މީހަކަށް ޖެހިފައިވާއިރު، މި ތިން މީހުންނަކީވެސް އެއް ޢާއިލާއެއްގެ ތިން މީހުންކަމަށް މައުލޫމާތު ލިބެއެވެ.

މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.

އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!