ޚަބަރު

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެދުމުގެ ކުށް ސާބިތުވި އަންހެނަކު 6 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި އަންހެނަކު 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް / މާލެ، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ (ގާނޫނު ނަންބަރު 17/2014) ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44ވަނަ މާއްދާއާއި 35ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 6 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2026 މެއި 3 ވަނަ ދުވަހުއެވެ.

މިއީ ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އިތުރުވި ބޮޅެކެވެ. ފުލުހުންގެ ބަދަހި ސަފުތަކުން ކުރަމުންދާ މަސައްކަތަށް، ދައުލަތުގެ އެކި އިދާރާތަކުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަމެވެ.

Ads by Allied Insurance