ރިޕޯޓް

މީސްމީޑިއާ ބޭނުން ކުރާ 58 އިންސައްތަ އަންހެނުންނަކީ ޖިންސީފުރައްސާރަ އާއި ހަނގާކުރުމުގެ ޝިކާރައަކަށް ވެފައިވާ މީހުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
Girl with laptop covering face, around hands holding thumbs down

މީސްމީޑިއާ ބޭނުންކުރާ އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަންހެނުންނަކީ ޖިންސީ ފުރައްސާރަ އާއި ހަނގާކުރުމާއި އަދި މަރުގެ އިންޒާރުތަކުގެ ޝިކާރައަކަށް ވެފައިވާ ބައެއްކަން ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޕްލޭން އިންޓާރނޭޝަނަލް އިން ކޮށްފައިވާ ދިރާސާއެކެވެ. މި އަހަރުގެ ބައިނަލްއަގްވާަމީ އަންހެންކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 14،000 އަންހެން ކުދިން ހިމަނައިގެން މި ޖަމިއްޔާއިން މި ދިރާސާ ކުރި އިރު މި ދިރާސާގައި ހިމެނެނީ 15 އަހަރާއި 25 އަހަރާއި ދެމެދުގެ މީސްމީޑިއާ ބޭނުން ކުރާ އަންހެނުންނެވެ.

މި ދިރާސާގައި މުޅިއަކު 22 ގައުމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން 19 އިންސައްތަ އަންހެނުން ވަނީ ހަނގާގެ ޝިކާރައަކަށް ވުމުން މީސްމީޑިއާ ބޭނުން ކުރުމުން ވަރަށް ބޮޑަށް ދުރަށް ޖެހިލާފައެެވެ. އަދި 12 އިންސައްތަ އަންހެނުން ވަނީ މީސްމީޑިއާ ބޭނުން ކުރަމުން އައި ގޮތް ބަދަލު ކޮށްފައެވެ.

އެންމެ ގިނައިން އަންހެނުން ހަނގާގެ ޝިކާރައަކަށް ވެފައިވަނީ ފޭސްބުކުންްނެވެ. އެގޮތުން ފޭސްބުކުން ހަނގާގެ ޝިކާރައަކަށްވެފައިވާ މީހުންގެ އިންސައްތައަކީ 39 އެކެވެ. އަދި އިންސްޓަގްރާމްގައި ހަނގާގެ ޝިކާރައަކަށް ވީ އަންހެނުންގެ އިންސައްތަ އަކީ 23 އެވެ. އަދި ވަޓްސްއެޕުން 14 އިންސައްތަ އަންހެނުން ވަނީ ހަނގާގެ ޝިކާރަ އަކަށްވެފައެވެ. އަދި ސްނެޕްޗެޓުން ހަނގާގެ ޝިކާރައަކަށް ވެފައި ވަނީ 10 އިންސައްތަ މީހުންނެވެ.  ޓްވީޓާއިން 9 އިންސައްތަ އަންހެނުން ހަނގާގެ ޝިކާރައަކަށް ވެފައިވާއިރު ޓިކްޓޮކުން ހަނގާގެ ޝިކާރައަކަށްވެފައި ވަނީ 6 އިންސައްތަ އަންހެނުންނެވެ.

މިހުރިހާ މަންސަތަކެއްގައިވެސް ހަނގާގެ ޝިކާރައަކަށްވުމުން ރަނގަޅަށް ރިޕޯޓް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް މި އަންހެނުން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19އާއެކު ދިރިއުޅުމުގައި ހުރިހާ ކަމެއް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހިފައިވާއިރު މިފަދަ ކަންކަން ދިމާވުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ކަން ގައިމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!