ޚަބަރު

ޑައިވިނަށްދިޔަ 5 މީހުން ނިޔާވިކަމަށް ބުނެވިފައި ވަނީ ކުށަކުން، ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އެކަކު: ފުލުހުން

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި 5 މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު 2026 މެއި 14ވަނަ ދުވަހުގެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައި ވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުންނެވެ. ނަމަވެސް، މިހާތަނަށް ފެނިފައި ވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރު ވެސް ދަނީ ކުރަމުން ކަމަށާއި މި ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.

Ads by Allied Insurance