ލައިފްސްޓައިލް

ދިހަ އަހަރުން ދިހަ ކުދިން ވިހައިފި، އަމާޒަކީ ބާރަ ހަމަ ކުރުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި ގިނަ އަދަދަކަށް ކުދިން ހޯދާ އުޅުނެވެ. އެހެން ނަމަވެސް ޒަމާން މިވަނީ ބަދަލުވެފައެވެ. މިޒަމާނުގައި ގިނަ އަދަދަކަށް ދަރިން ހޯދާ އުޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ،

Ads by Sosun Fihaara

އެހެން ނަމަވެސް ކޯޓްނީ ރޯގާސް ފަދަ ބޮޑު އާއިލާއެއް އުފެއްދުމުގެ އުއްމީދުގައި ތިބި މައިންގެ އަދަދު ވެސް ވަކި މަދެެއް ނޫނެވެ. ކޯޓްނީ އަށް މިހާރުވެސް 10 ދަރިން ލިބިފައިވާއިރު އަދިވެސް އޭނާ ދަރިން ހޯދުން ހުއްޓާކަށް ގަސްތެއް ނުކުރެއެވެ.

ކޯޓްނީ އާއި އޭނާގެެ ފިރިމީހާ ކްރިސް ރޯގާސް ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ.އަދި އެމީހުންގެ އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވެފައި ވަނީ 2010 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ކޯޓްނީ ވަނީ ދަރިއަކު ވިހާފައެވެ. އެގޮތުން ކޯޓްނީގެ 10 ދަރިން މިހާރު ތިބި އިރު، އޭނާ މިހާރު އިނީ އޭނާގެ 11 ވަނަ ދަރިފުޅަށް ބަލިވެއެވެ.

ކޯޓްނީގެ އަމާޒަކީ ބާރަ ދަރިން ހަމަ ކުރުން ކަމަށް އޭނާ ބުނެއެވެ. ކޯޓްނީ 10 ދަރިން ތިބި އިރު އެ ހުރިހާ ދަރިންގެ ނަންވެސް ފެށެނީ "ސީ" އަކުރުންނެވެ.

ކޯޓްނީ އާއި އޭނާގެ ފިރިމީހާ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ މިހާ ގިނަ ދަރިން ތިބުމުގެ ސަބަބުން ހަރަދަށް ވަރަށް ބަލައިގެން އުޅެން ޖެހޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!