ދުނިޔެ

ކޮވިޑް19 އިންޑިއާ: ޑެލިވަރީ ކުރާ މީހަކަށް ކޮވިޑް ޖެހުމުން 72 މީހަކު ކަރަންޓީނަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ވެރިރަށް ޑެއްލީގެ ދެކުނުގެ ސަރަހައްދެއްގައި ޕިއްޒާ ޑެލިވަރ ކުރަން އުޅުނު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމުން، އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 72 މީހަކު ކަރަންޓީންކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑެލިވަރީ ކުރަން އުޅުނު މީހަކު، ސައުތު ޑެއްލީގެ 7 އަވަށަކަށް ގޮސްފައިވާ ކަމަށާއި 14 ދުވަސް ތެރޭ 60 ގެޔަކަށް ޑެލިވަަރ ކޮށްފައިވާ ކަމަށެވެ. މިމީހާގެ ކޮންޓެކްޓް ޓްރޭސް ކުރިއިރު، 72 މީހުންނާ ބައްދަލުވެފައިވާކަން އެގިފައިވާ ކަމަށާއި މިހެންކަމުން އެ މީހުން މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށްވެސް އެނޫހުން ބުނެއެވެ. އަދި ކޮންޓެކްޓްވި މީހުންގެ ތެރެއިން އަލާމަތް ފެންނަ މީހުން ކޮވިޑް19 އަށް ޓެސްޓްކުރަމުން އަންނަ ކަމަށްވެސް ނޫހުން ރިޕޯޓްކުރެއެވެ.

އިންޑިޔާގެ ސިއްޙީ އިދާރާއާ ހަވާލާދީ އެނޫހުން ބުނެފައިވަނީ، މިމީހާ ކޮވިޑް19 ޖެހިފައިވާކަން އެނގިފައިވަނީ، ޑައިލިސިސް ހައްދަން ދިއުމުން ބަލީގެ އަލާމާތްތައް ހުރުމުން، އެބައްޔަށް ޓެސްޓް ކުރުމުން ކަމަށެވެ.

އިންޑިޔާގައި މިހާތަނަށް 12,380މީހުން މިބައްޔަށް ފައްސިވެފައިވާއިރު، 422 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!