މާލެއިން އިތުރު ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެއްޖެ
މާލެއިން އިތުރު ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހަބަރު ލިބޭ ގޮތުގައި ޕޮސިޓިވްވެފައިވާ ދެމީހުންގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ފައްސިވެފައިވަނީ މާލެއިން ފުރަތަމަ މިބަލި ޖެހުނު މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ދެ މީހުން ކަމަށެވެ. މި މީހާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައެވެ.
މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު ފަހަަކަށް އަރާފައި ވާއިރު މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް ޖެހުނު އަންހެން މީހާގެ 2 އަހަރުގެ ދަރިފުޅާއި ޢޭނާގެ އާއިލާ މީހެކެވެ.
އެއާއެކު ޕޮސިޓިވްވި ދިވެހިންގެ އަދަދުވަނީ 10 އަކަށް އަރާފައެވެ. އަދި ރާއްޖެެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 24 އަށް އަރާފައެވެ. މީގެ ކުރިން ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން އައި މީހުނަށާއި ފަތުރުވެރިންނަށެވެ.
މާލެތެރޭން އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.
މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ ސަރަހއްދަށް އިއުލާނުކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.
އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.