މާލެ އިން ފައްސިވި 3 މީހުންނާ ގުޅޭ 82 ހައިރިސްކް ކޮންޓެކްޓް ފާހަގަ ކޮށްފި
ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވި ތިން ކޭސްއާއި ގުޅޭ ޖުމުލަ 82 ހައިރިސްކް ކޮންޓެކްޓް އެބަތިބި ކަމަށް ހާމަކޮށްފި އެވެ.
ނެޝަނަލް އެމަޖެންސީ ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 އިގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޕޭޝަންޓް 21 އާ އެކި ލެވެލްގައި ކޮންޓެކްޓް ވެފައިވާ 207 މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓް 75 މީހަކާއި، މީޑިއަމްގެ ކޮންޓެކްޓްގެ 43 މީހަކާއި ލޯ ރިސްކް ގެ 89 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ކޮންޓެކްޓްވި މީހުންނަށް ބަލާއިރު އެމީހުންނާއި ކޮންޓެކްޓް ވެފައިވަނީ މަސް ދަތުރު ދިއުމާ ޕާޓީ ފަދަ ތަންތަނުން ކަން ފާހަގަކޮށް މަބުރޫކު ވިދާޅުވީ މީގެ ކުރިންވެސް ގޭގައި ތިބެން އިލްތިމާސް ކުރީ އެފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ.
މާލެއިން މިހާތަނަށް ކޯވިޑް 19 އަށް ޕޮޒިޓިވްވި 3 މީހުން މިހާރު އިއްޔެ އެކަނި ވެސް ފެނިފައިވާއިރު، މާލޭގައި އިއްޔެ އިއުލާން ކުރި ލޮކްޑައުން ވެސް ވަނީ މިއަދު އިތުރު 24 ގަޑިއިރަށް އިތުރުކޮށްފިއެވެ.