ޚަބަރު

މަރާމާތަށް ވެލާނާ އެއާޕޯޓް ބަންދުކުރުމުން ފްލައިޓުތައް ޑިލޭވެ، ބައެއް ފްލައިޓުތައް ކެންސަލް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރަމާތަށް ބަންދުކުރުމުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ޑިލޭވެ، ބައެއް ފްލައިޓުތައް ކެންސަލްކޮށްފިއެވެ.

Ads by STELCO

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިއަދު ފުރަތަމަ ބަންދުކޮށްފައިވަނީ ހަވީރު 3:55 އިން 4:15 އަށެވެ. އަދި އޭގެ ފަހުން މިރޭ 7:00 އިން 7:30 އަށް ވެސް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް) އިން ބުނީ އެއާޕޯޓު ބަންދުކުރީ ރަންވޭ ސާފުކުރުމަށް ކަމަށާއި އެކަމުގެ ސަބަބުން ފުލައިޓުތަކަށް ދިމާވާ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ފްލައިޓުތައް ވަނީ ކެންސަލްކޮށްފައެވެ. މޯލްޑިވިއަން އިން ކެންސަލުކޮށްފައިވަނީ ދަރަވަންދޫ-އިފުރު ފްލައިޓާއި، ކޫއްޑޫ-ގަން ފްލައިޓާއި، ކައްދޫ އާއި ކާޑެއްދޫ ފްލައިޓާއި، ފުވައްމުލަކު ފްލައިޓުގެ އިތުރުން ޓްރިވެންޑްރަމްގެ ފްލައިޓުތަކެވެ. އެ ފްލައިޓުތައް ރީޝެޑިއުލް ކުރުމުން އަންގާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!