ޚަބަރު

ސުޢޫދުގެ ދަރިކަނބަލުން ކަރަންޓީނުން ދޫކޮށްލީ މުއްދަތު ހަމަވުމުން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީން ކުރުމުގެ އުސޫލާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދުގެ ދަރިކަނބަލުން ރާނިޔާ ހުސްނުއްސުއޫދު ރާއްޖެ ވަޑައިގަތުމުން ކަރަންޓީންނުކޮށް ދޫކޮށްލި ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާ ވާހަކަ ސުއޫދު މިރޭ ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ހުުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީންގައި މަޑުކުރަން ޖެހެ އެވެ.

ސުއޫދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ ދަރިކަނބަލުން ރާނިޔާ ރާއްޖެ ވަޑައިގަތީ މާޗު މަހު 28 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ބިޔާދޫ ކަރަންޓީން ފެސިލިޓީގައި އޭނާ ކަރަންޓީން ކުރި ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މި މަހު 12 ވަނަ ދުވަހު ކަމަށެވެ.

ސުއޫދުގެ ދަރިކަނބަލުން ކަރަންޓީން ފެސިލިޓީ އިން ދޫކޮށް އެޗުޕީއޭ އިން ދީފައިވާ ލިއުން ވެސް ސުއޫދު ވަނީ ހިއްސާކުރައްވާފައެވެ. އެ ލިއުމުގައި ވާ ގޮތުން އޭނާ ދޫކޮށްލީ "ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު އެކަހެރިކޮށްފައިވާ/ކަރަންޓީނުގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން"ނެވެ.

ސަރުކާރުގެ އިސް ފަރާތްތަކެއްގެ އާއިލީ ބޭފުޅުންތައް ކަރަންޓީން ނުކޮށް ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އެފަދަ އެންމެ މީހަކު ވެސް ނުހުންނާނެ ކަމަށާއި އެގޮތަށް ދޫކޮށްލި އެންމެ މީހެއްގެ ނަން ވެސް ހާމަކޮށްދޭން އޭނާ ގޮވާލެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!