6 ވަނަ މީހަކު މާލެއިން ކޮވިޑް19 އަށް ފައްސި ވެއްޖެ
މާލެ ސިޓީއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އަލަށް ޕޮޒިޓިވްވި މީހާއަކީވެސް މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
ކޭސް: 26# ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި،ހެދިޓެސްޓް ޕޮޒިޓިވް ވެއްޖެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ، އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ— Health Protection Agency (@HPA_MV) April 17, 2020
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އަލަށް ޕޮޒިޓިވްވި މީހާވެސް ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ މާލެއިން އެ ބައްޔަށް ޕޮޒިޓިވްވި ހަވަނަ މީހާ އެވެ.
މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު 6 ކަށް އަރާފައި ވާއިރު މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް ޖެހުނު އަންހެން މީހާގެ 2 އަހަރުގެ ދަރިފުޅާއި ޢޭނާގެ އާއިލާ މީހެކެވެ.
އެއާއެކު ޕޮސިޓިވްވި ދިވެހިންގެ އަދަދުވަނީ 11 އަކަށް އަރާފައެވެ. އަދި ރާއްޖެެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 25 އަށް އަރާފައެވެ. މީގެ ކުރިން ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން އައި މީހުނަށާއި ފަތުރުވެރިންނަށެވެ.
މާލެތެރޭން އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.
މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ ސަރަހއްދަށް އިއުލާނުކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ. މީގެ އިތުރުން މިއަދު 6 ކުން ފެށިގެން އެއްރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް މުޅި ރާއްޖެވަނީ ލޮކްޑައުންކޮށްފައެވެ.