ޚަބަރު

ކޮވިޑް-19: 7 ވަނަ އަށް ފައްސިވީ އެއާޕޯޓު މުވައްޒަފެއް

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ކޮވިޑް-19 އަށް ހަތް ވަނަ އަށް ފައްސިވީ އެއާޕޯޓު މުވައްޒަފެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާގޮތުގައި މާލެ އިން ހަތް ވަނައަށް ފައްސިވީ ވެލާނާ އެއާޕޯޓްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. މިހާރު އޭނާއާ ޑައިރެކްޓް ކޮންޓްކްޓްވެފައިވާ އޭނާގެ ކޮއްކޮ ގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ މީހާއަކީ މާލެއިން އެންމެ ފުރަތަމަ ބަލި ޖެހުނު މީހާއާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހެއް ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 27 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައިވާ އިރު، އޭގެ ތެރެއިން ހަތް މީހުން ފައްސިވީ މާލެއިންނެވެ. ދެން ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެ އައި ދިވެއްސަކާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިންތަކަކާއި ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނެވެ.

ރާއްޖެ އިން މިހާތަނަށް 12 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!