ޚަބަރު

މަސްތުވާތަކެތި ބޭނުން ކުރާ ކަމަށްބުނެ މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް ވަކި ކޮށްދޭން ޕެޓިޝަނެއް ހުށަހަޅައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ބުނެ ހއ. މޮޅަދޫ ކައުންސިލުގެ ނައިބު ރައީސް ވަކި ކޮށްދިނުމަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Ads by Hajj Corporation

އެރަށު ޒުވާނުން އިސްނަގައިގެން ކައުންސިލަށް ހުށަހެޅި މި ޕެޓިޝަނުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޮއި ކޮށްފައެވެ.

އެރަށުން "ދެން" އާ ވާހަކަދެއްކި ޒުވާނެއް ބުނި ގޮތުގައި މި ޕެޓިޝަން ހުށަހަޅަން މަޖުބޫރުވީ، ކައުންސިލްގެ ނައިބު ރައީސް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާތީއާއި މަސްތުވާތަކެއްޗާއި ވައްކަމާ ގުޅުން ހުރި ގިނަ މައްސަލަތައް ތަކުރާރު ކޮށް ފުލުހަށް ހުށަހެޅުމުން ވެސް އެކަން ކަމަށް އެއްވެސް ފިޔަަވަޅެއް އަޅާފައި ނުވާތީއެވެ.

މޮޅަދޫ ކައިންސިލްގެ ނައިބު ރައީސް ވަކި ކުރުމަށް ހުށަހެޅި ޕެޓިޝަންގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން "ދެން" އިން މަޢުލޫމާތު ހޯދުމަށް ގުޅުމުން ކައުންސިލް ރައީސް އިން ވިދާޅުވީ، މިކަމާ ބެހޭ ގޮތުން މިވަގުތު ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!