ކޮވިޑް-19: މޮޅަދޫން ދެ މީހަކު ފައްސިވެއްޖެ

ހއ. މޮޅަދޫގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
މޮޅަދޫން ފައްސި ވެފައި ވަނީ އެރަށު ސައިޓެއްގައި މަސައްކަތް ކުރަމުން އައި ބައެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފައްސި ވެފައި ވަނީ މާލެއިން މޮޅަދޫއަށް ދިޔަ ބައެއް ކަމާއި ކޮވިޑަށް ފައްސިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ނެގި ރިލީސް ސާމްޕަލްގެ ނަތީޖާ ފައްސި ވުމުންކަން ވެސް އެނގިފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ޑޭޓާއަށް ބަލާއިރު މިހާރު ރާއްޖެއިން 23،403 މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ. އަދި 20،618 މީހުން ބަލިން ފަސޭހަ ވެފައިވާއިރު، 66 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.