ބޮލީވުޑު މިތަރިންގެ މި އާދަތައް ހުރި ގޮތް އެނގިއްޖެނަމަ އަންތަރީސްވާނެ

ތަރިންނަކީ ފޭނުންނަށް އެމީހުންގެ ފުރިހަމަ ދިރިއުޅުން ދައްކުވައިދޭން އަބަދުވެސް މަސައްކަތްކުރާ ބައެކެވެ. ނަމަވެސް މި ތަރިންނަކީ ވެސް އިންސާނުން ކަމަށް ވުމާއެކު، އެމީހުންގެ ވެސް ބައެއް ކަހަލަ އާދަޔާ ހިޔާލު އާދަތައް ހުރެއެވެ. އެގޮތުން މި ހިމަނާލަނީ ބޮލީވުޑު ތަރިންގެ ތެރެއިން އާދަޔާ ހިލާފު އާދަތައް ހުންނަ ބައެއް ތަރިންނެވެ.

- ޝާހު ރުކް ޚާން
މި ލިސްޓު މި ފަށަނީ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާނުންނެވެ. ޝާހުރުކް އެންމެ ލޯބިވާ އެއްޗެހީގެ ތެރޭގައި އޭނާ އަރާ ބޫޓުތައް ހިމެނެއެވެ. އޭނާ ބޫޓަށް އޮންނަ ލޯބީގެ ބޮޑުކަމުން ބައެއް ފަހަރު ބޫޓަށް އަރައިގެން ނިދާކަމަށް ޝާހު ވަނީ ބުނެފައެވެ.
ސެލްފީ ނެގުމަކީ އެންމެނަށް ހެން ކަމުދާ ކަމެއް ކަމުގައި ވިޔަސް ޝާހު އެންމެ ފޫހިވާ އެއް ކަމަކީ ސެލްފީ ނެގުމެވެ.

- އާމިރު ޚާން
އާމިރު ޚާނަކީ ވެސް ބޮލީވުޑު ތަރިންގެ ތެރެއިން އެންމެ ކުރީގަައި އުޅޭ ތަރިންގެ ލިސްޓެއް ހަދާނަމަ އެންމެ ކުރި ހޯދާނެ އެކަކެވެ. ނަމަވެސް ފިލްމުތަކުން ފެންނަ ފުރިހަމަ ކަމާއި ހިލާފަށް އާމިރު އެންމެ ފޫހިވާ ކަންކަމުގެ ތެރޭގައި ފެންވެރުން ހިމެނެއެވެ.

- ސަލްމާން ޚާން
ސަލްމާން ޚާންގެ އެއް އާދަ އަކީ ދުނިޔޭގެ ތަފާތު ހިސާބުތަކުން އެކި ކަހަލަ ސައިބޯނި އެއް ކުރުމެވެ. އެގޮތުން ސަލްމާން އެކި ކަންކޮޅުތަކުން ތަފާތު އެތައް ހާސް ވައްތަރުގެ ސައިބޯނި ގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ސައިފް އަލީ ޚާން
ސައިފް އަލީ ޚާން ފޮތާއި އެކި ކަހަލަ މެގަޒިންތައް ކިޔާ ހިތްވާލެއް ބޮޑުކަމުން، އަމިއްލަ ފާހަނައިގައި ވަނީ ލައިބްރަރީއެއް ހަދާފައެވެ.

- ވިދްޔާ ބާލަން
މި ޒަމާނުގެ ގިނަ މީހުންނާ ހިލާފަށް ވިދްޔާ ބާލަން އަށް ފޯނަކީ އެހާ މުހިންމު އެއްޗެއް ނޫނެވެ. ވިދްޔާ ބުނާ ގޮތުގައި އޭނާގެ ފޯނާ ނުލާ ކިތަންމެ ދުވަހަކު ވެސް އުޅެވިދާނެއެވެ.

- އަމީތާނު ބައްޗަން
ބޮލީވުޑުގެ ސުޕަސްޓަރ އަމީތާބު ބައްޗަން އަށް އާއިލާ އަކީ ވަރަށް މުހިންމު ބައެކެވެ. އެކަން މި ކުޑަ އާދައިން ވެސް ހާމަވެގެން ދެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަމީތާބުގެ ފިރިހެން ދަރި އަބީޝޭކް އާއި އަބީޝެކްގެ އަނބިމީހާ އައިޝްވާރިޔާ ޝޫޓިންއަށް ގައުމުން ބޭރަށް ދިއުމުން އަމީތާބު އުޅެނީ އަތުގައި ދެ ގަޑި އަޅައިގެންނެވެ. އެއީ އިންޑިއާގެ ވަގުތު ބެލުމަށް އެއް ގަޑިއާ އަބީޝޭކާއި އައިޝްވާރިޔާ ދިޔަ ގައުމުގެ ވަގުތު ބެލުމަށް އަނެއް ގަޑިއެވެ.
ލިޔުން ކިޔާލީމަ ހީވީ އައިޝްވާރިޔ އަކީ އަމީތާބު ްއަންހެނުން ހެނ