ޚަބަރު

ބިދޭސީންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރި ޒަރޫރީ ޙައްޤުތަކުން މަޙްރޫމްވެފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށާއި، އެފަރާތްތަކަސް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން ގޮވާލައިފި އެވެ.

Ads by STELCO

އެޗްއާރުސީމްއިން ކުރި ޓުވީޓެއްގައި ބުނީ ބިދޭސީންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އަދި މިފަދަ ތަކެތި އެއްވެސް މީހަކަށް ތަފާތު ކުރުމެއްނެތި، ހޯދޭނެ ގޮތް ހަމަޖައްސައިދިނުމަށް އެޗްއާރުސީއެމްއިން ސަރުކާރަށް ގޮވާލާފައިވެ އެވެ.


މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި ބިދޭސީންނަށް ފުރައްސާރަކުރަމުންދާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ލޮކްޑައުން ކުރި ނަމަވެސް ޑެލިވަރީ ހިދުމަތްތަކަށް ބާރުބޮޑުވުމުން ތަކެތި ގަތުމަށްޓަކައި އާންމުން ފިހާރަތަކުގެ ކައިރީގައި ކިޔު ހަދަމުންދާއިރު، ބިދޭސީންނަށް ކިޔޫއިން ޖާގަ ނުދޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ބިދޭސީންނަށް ތަކެތި ވިއްކާނީ ދިވެހިންނަށް ވިއްކާފައި ބާކީވެއްޖެނަމަ ކަމަށް ވެސް ބައެއް ފިހާރަތަކުން ބުނަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!