ދުނިޔެ

ފޯން ސްކްރީން އަދި ފައިސާގެ ނޫޓްތަކުގައި 28 ދުވަސް ވަންދެން ކޮރޯނާވައިރަސް ހުރޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮރޯނާ ވައިރަސް 28 ދުވަސް ވަންދެން , ފައިސާގެ ނޫޓްތަކުގައާއި ފޯން ސްކްރީންގައި ހުންނަކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަނުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ފައިސާގެ ނޫޓާއި ބިއްލޫރި އަދި މީގެ އިތުރުން ދަގަނޑުގެ ތަކެތީގައި 28 ދުވަސް ވަންދެން ކޮރޯނާ ވައިރަސް ހުންނާނެއެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ދިމާވަނީ ހަމައެކަނި ފިނިތަންތަނުގައި ކަމަށްވެސް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ވިޔަފާރި ކުރާ ގިނަ ތަންތަނުން ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުން ހުއްޓާލާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ވައިރަސް ފެތުރުން މަދުކުރުމަށް ޓަކައި ވިޔަފާރީގެ މުއާމަލާތްތައް ވެސް މިހާރު ގިނައިން ކޮށް އުޅެނީ އޮންލައިންކޮށް ނުވަތަ ކާޑު ބޭނުން ކޮށްގެންނެވެ. ރާްއްޖޭގެ ގިނަ ފިހާރަ ތަކާއި ކެފޭ ރެސްޓޯރެންޓް ތަކުންވެސް އެމަންޒަަރު ފެނެއެވެ.

އޮސްޓްރޯލިއަން ސެންޓަރ ފޯ ޑިޒީޒް ޕްރިޕެއާޑްނެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޑރ.ޑެބީ އީގަލްސް ވިދާޅުވާ ގޮތުގައި 28 ދުވަހަށް ފައިސާ، ބިއްލޫރި އަދި ދަގަނޑު އެއްޗެހީގައި ކޮރޯނާވައިރަސް ދެމިހުންނާތީ، ވީހާވެސް ގިނައިން އަތް ދޮވުމަކީ މުހިއްމު ކަމެކެވެ.

އަދިހަމައެހެންމެ މި ދިރާސާއިން ދައްކާ ގޮތުގައި ކޮރޯނާ ވައިރަސް ގިނަ ދުވަހު ހުންނަނީ ކަރުދާސް ފައިސާ ނޫޓު ތަކުގައެވެ. އަދި ޕްލާސްޓިކް ނޫޓުތަކުގައި ކޮރޯނާވައިރަސް އެހާ ގިނަ ދުވަހު ނުހުންނަ ކަަމަށްވެސް މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ކަން މިހެން އޮތްއިރު، ވިޔަފާރި ކުރުމުގައި އަދި އާންމު ދިރިއުޅުމުގައި ވެސް މިފަދަ ކަންކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ފައިސާގެ މުއާމަލާތްތައް ވީހާވެސް މަދުކޮށް އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީވެސް އެދެވިގެންވާ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!