ޚަބަރު

ގ. ފުންފަޅު އަލިފާނުގެ ހާދިސާ: ތުއްތު ކުއްޖެއްގެ އިތުރުން 18 މީހަކު ފަރުވާ ހޯދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 2026ޖުލައި 5ވަނަ ދުވަހުގެ ރޭ 22:49އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18މީހަކު އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!